ރަސްގެތީމު ކައުންސިލްގެ އާ އޮފީސް އިމާރާތް ރައީސް ހުޅުވައިދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ރަސްގެތީމް ކައުންސިލްގެ އާ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ހުރި ކައުންސިލް އިމާރާތްތަކަކީ ބާވެފައިވާ އިމާރާތްތަކަކަށް ވުމާއެކު، އެތަންތަން ޒަމާނީ ފެންވަރަށް މަރާމާތުކޮށް އަދި އާ އިމާރާތްތައް އެޅުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ވެފައިވާ ވައުދެކެވެ. މިގޮތުން ފަސް އަހަރު ދުވަހުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމަށް ވަނީ ރޭވިފަ އެވެ.

”30 ނޫނީ 40 އަހަރުވެފައިވާ ކައުންސިލް އިމާރާތްތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނުއިރު، އެތަންތަން ހުރީ މަރާމާތުވެސް ކޮށްނުލާ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ރަނގަޅު މާހައުލެއްގައި މަސައްކަތްކުރެވޭނެ ގޮތް ހެދުމަށްޓަކައި، ކައުންސިލް އިމާރާތްތައް އެޅުމުގެ މަޝްރޫޢު މި އަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.

މި މަޝްރޫޢުގެ ދަށުން އެޅޭ އާ އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައިވާ އިމާރާތްތަކެއް ކަމަށްވާނެ އެވެ.

ރ. ރަސްގަތީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ