ރައީސް، ރަސްގަތީމް ކައުންސިލާ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރ. ރަސްގަތީމުގެ ކައުންސިލް، ޑަބްލިޔު.ޑީ.ސީ އަދި ހެޑްސް އޮފް އިންސްޓިޓިއުޝަންސްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމަކީ ރައީސް މިހާރު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުވުމެކެވެ.

ރަސްގަތީމު ކައުންސިލްގެ ސެކްރެޓޭރިއަޓްގައި ބޭއްވުނު މި ބައްދަލުވުމުގައި، ކައުންސިލްގެ މެންބަރުން ވަނީ އެ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ފުރިހަމަ މަޢުލޫމާތު ރައީސްއާ ހިއްސާކުރައްވާފަ އެވެ. މީގެއިތުރުން، ރައްޔިތުންގެ މުހިންމު ކަންބޮޑުވުންތައް ވެސް ރައީސްގެ ސަމާލުކަމަށް ގެނެސްދީފައިވެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ރަސްގަތީމުގެ އިތުރުން ރ. ވާދޫއަށް ވެސް ޒިޔާރަތްކުރައްވާފައިވެ އެވެ. މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯއްދެވުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރ. ރަސްގަތީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ