މި އަހަރަކީ ރަސްގަތީމުގެ ތަރައްގީގައި ހަގީގީކުލަ ޖައްސައިދޭނެ އަހަރެއް: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މި އަހަރު ތެރޭގައި ރ. ރަސްގެތީމުގައި ހަގީގީ ތަރައްގީގެ ކުލަ ޖައްސަވާ ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްގެތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ބާރު ސްޕީޑްގައި މި އަހަރު ކޮށްދިނުމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ސަރުކާރުން ގައުމާއި ހަވާލުވެވަޑައިގެންނެވިއިރު، އިގްތިސާދީ ގޮތުން އޮތް ހާލަތުން އަރައިގަތުމަށް ނުހަނު ގިނަ މަސައްކަތްތައް ކުރަން ޖެހުނު ކަމަށާއި، މިހާރުވެސް ގިނަ ކަންކަން ކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”ނިމިގެންދިޔަ އަހަރާއި ހިލާފަށް މި އަަހަރު ތެރޭގައި، ކެމްޕެއިންގައި އަޅުގަނޑު ދެންނެވި ކަންކަން އަމަލީ ގޮތުން ކޮށްދޭނަން، އެގޮތުގެ މަތިން ބަލާއިރުގައި އަޅުގަނޑު ދެންނެވި ހުރިހާ ކަމެއް މި އަހަރު ތެރޭގައި ފަށާ، ގިނަ ކަންކަން ނިންމާ ދިނުަމަކީ ސަރުކާރުގެ އަޒުމަކީ.“

ރައީސް ވިދާޅުވީ، އެރަށުގެ ބަނދަރުގެ ގިނަ ކަންކަން ހުރި ކަމަށާއި، އެކަމާއި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެން ގޮސްފައިވާ ކަމަށެވެ. އެ މަސައްކަތްވެސް މި އަހަރު ތެރޭގައި ކުރައްވާނެ ކަމަށާއި، ސްކޫލް ޖާގަ އިތުރު ކުރުންވެސް މި އަހަރު ތެރޭގައި ކުރިއަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ކަރަންޓް މައްސަލަތާއި، ސިއްހީ މައްސަލަތައްވެސް ހައްލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރ. ރަސްގަތީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ