ކުޑަކުދިން ކުށުގެ މާހައުލަށް ތައާރަފުވާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ކުޑަކުދިން ކުށުގެ މާހައުލަށް ތައާރަފުވާ ސަބަބުތައް ދެނެގަތުމަށްޓަކައި މިއަހަރުގެ ތެރޭގައި ދިރާސާއެއް ފަށާނެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވަހީދު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، ކުޑަކުދިން ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި ގުޅޭ ދިރާސާއެއް ހެދުމަކީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މެންޑޭޓްގައިވެސް ހިމެނޭ މަސައްކަތެއް ކަމަށެވެ.

މި ދިރާސާގެ މަސައްކަތް މާޗް މަހުގެ ތެރޭގައި ފެށި، ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފަ އެވެ. އަދި މިއީ މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ކުރިއަށްގެންދާ ދިރާސާއެއް ކަމަށް ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި ދިރާސާ ނިމުމުން ކުޑަކުދިން ކުށުގެ ވެށްޓަށް ވަދެގެން އަންނަ ގޮތް ދެނެގަނެވި، އެކަމަށް ހައްލު ހޯދުމަށް ފަސޭހަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން، މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން އެކި މުއައްސަސާތަކާ ގުޅިގެން ޕްރިވެންޝަން ދަތުރުތަކެއް ކުރަމުންދާ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހޯމް މިނިސްޓްރީން މި މަސައްކަތް ކުރިއަށް ގެންދަނީ ޔުނިސެފްގެ އެހީތެރިކަމާއެކުގަ އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ