55 ރަށެއްގެ ކައުންސިލް އިދާރާ މަރާމާތު ކުރަން ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

55 ރަށެއްގެ ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ފެށުމަށްޓަކާއި ބަޔަކާ ހަވާލުކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ހެދުނު ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެކްސް ގައި ކުރި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ޒިޔާރަތްކޮށް ކައުންސިލްތަކާއި ބައްދަލުކޮށް ހާލަތު އޮޅުންފިލުވާފައިވާކަމަށް ވިދާޅުވެފަ އެވެ

ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތްދޭ އިދާރާތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އަދުގެ ރައީސް ވައުދުފުޅުވެވަޑައިގަތް ވާހަކަ އާއި މިހާރު އެ ވައުދު ފުއްދުމަށްޓަކާއި 55 ރަށެއްގެ ކައުންސިލް އިދާރާ މަރާމާތު ކުރުމަށް ހަވާލު ކޮށްފައިވާ ކަމަށް ނަރީޝް ވިދާޅުވެފައިވެ އެވެ. އަދި ހަމަ އެހެންމެ ނަރީޝް ވިދާޅުވީ އެތަށް ޒަމާންތަކެއް ވަންދެން އެ ކައުންސިލް އިދާރާތައް ހުރީ މާބޮޑެތި މަރާމާތުތަކެއް ނެތި ވީރާނަަވާން ދުކޮށްލެވިފައިކަމަށެވެ.

މަރާމާތު ކުރުމަށް ހަވާލުކޮށްފައިވާ ކައުންސިލް އިދާރާާގެ ލިސްޓު :

ރައީސް މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހުވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ވަޑައިގެން އެ ރަށްތަކުގެ ކައުންސިލްތަކާ ބައްދަލު ކުރައްވާފަ އެވެ. އަދި ރަށްރަށަށް އެންމެ މުހިންމު ކަންކަން ވަރަށް ގާތުން ބައްލަވާ އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. މިހާރުވެސް ރައީސް މުއިއްޒު ގެންދަވަނީ ރ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ