އެމްއެމްޕީއާރްސީ ހިޔާނާތް: އަދީބު ހިމެނޭހެން އެންމެންގެ އެއްބަސްވުން އުވާލާ ތަހުގީގު އަވަސްކުރަން އަންގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އިތުރު ތިން މީހަކާއެކު ހަދާފައިވާ އިމިޔުނިޓީ އެއްބަސްވުންތައް ނިމުމަކަށް ގެނެސްފި އެވެ.

އިމިޔުނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުން ނިމުމަކަށް ގެނައި މީހުން:

  1. ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްޣަފޫރު
  2. މ. ލޭންޑް އޮފް ގާރޑެން، އަހްމަދު އިޝްފާހް އަލީ
  3. މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް
  4. ގ. އޮއިވާލި، މުހައްމަދު ހުސައިން

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން މި މީހުންނާއެކު އެކުލަވާލާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް މިއަދު ޕީޖީ އައްބާސް ޝަރީފް ނިންމަވާފައިވާ ކަމަށެވެ.

މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ނިންމީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، މި މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަހުގީގީ އިދާރާތުން މަޢުލޫމާތުދީފައިވާތީ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް، ފުލުހަށާއި، އޭސީސީއަށް ދަންނަވާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ހިމެނޭ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި ވަނީ ނިމުމަކަށް ގެނެސްފައެވެ.

ދައުލަތާއެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން މި މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ އެއް މިލިއަން ރުފިޔާގެ ޖުރިމަނާގެ އިތުރުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެން ތިން ދުވަހަށް ވެފައިވަނިކޮށް ވަނީ އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އަދަބު ލުއި ކޮށްދެއްވާފަ އެވެ. އޭގެ ސަބަބުން އަދީބު އަދި ޒިޔަތު ވަނީ މިނިވަން ވެފަ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެމްއެމްޕީއާރްސީ ހިޔާނާތް ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ