ޑިޓޮކްސް ފަރުވާ އަމިއްލަ ރަށުގައި ލިބޭނެ ނިޒާމު މަހެއްހާ ދުވަހުގެ ތެރޭގައި ޤާއިމްކުރަން ފަށާނެ

Advertisement

އެންމެ ފަސް

Advertisement

ޑިޓޮކްސް ފަރުވާ އަމިއްލަ ރަށުގެ ގޭގައި ތިބެގެން ލިބިގަތުމުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.

މި މަޢުލޫމާތު ލުބްނާ ދެއްވާފައިވަނީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ލުބްނާ ވިދާޅުވި ގޮތުގައި، ރީހެބިލިޓޭޝަން ސެންޓަރުތަކަށް ފަރުވާއަށް ދިއުމުގެ ކުރިން ޑިޓޮކްސިފިކޭޝަން މަރުޙަލާއެއް ނިންމަންޖެހެއެވެ. ނަމަވެސް މަސްތުވާތަކެތީގެ ފަރުވާއަށް ދިއުމަށް ކިޔުގައި މަޑުކުރަންޖެހި، ކިޔު ބޮޑުވަނީ ޑިޓޮކްސިފިކޭޝަން ފަރުވާ ދިނުމަށް އޮންނަ ޖާގަ ނެތުމުންނެވެ.

މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ސެންޓަރަކަށް ނުގޮސް، އަމިއްލަ ރަށުގެ ގޭގައި ހުރެގެން ޑިޓޮކްސިފިކޭޝަން ފަރުވާ ލިބިގަނެވޭނެ އައުޓް ޕޭޝަންޓް ޓްރީޓްމެންޓް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ލުބްނާ ވިދާޅުވިއެވެ. މި ނިޒާމު ޤާއިމުކުރާ ފުރަތަމަ ރަށުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައުޓް ޕޭޝަންޓް ޑިޓޮކްސިފިކޭޝަން ނިޒާމު ޤާއިމްކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނިޒާމް ގާއިމް ކުރުމަށްޓަކައި ނަރުހުންނާއި ޑޮކްޓަރުން ތަމްރީންކުރަންޖެހޭ ކަމަށާއި، ރާއްޖޭގެ ރަށްރަށުގައި ކައުންސެލިންދޭ މީހުންވެސް ބިނާކުރުމަށް މަސައްކަތްކުރާނެ ކަމަށް ލުބްނާ ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށް ގެންދާނީ އެންޑީއޭގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އެޑިކްޝަން ސްޓަޑީސް އިންސްޓިޓިއުޓް މެދުވެރިކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިހާރު ޑިޓޮކްސިފިކޭޝަން ފަރުވާ ދިނުމަށް 25 އެއްހާ ޖާގަ އޮތް ކަމަށާއި، މި ފަރުވާ ސެންޓަރުގައި ބައިތިއްބައިގެން ދިނުމަށް އޮންނަ ޖާގަ 50 އަށް އިތުރުކުރެވޭނެ ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މަސްތުވާތަކެތި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ