2 މަސް ފަހުން ކަންޗަންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގައި މަރުވި ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ކަންޗަން ދުންގެލްގެ ހަށިގަނޑު، މަރުވިތާ ދެ މަސް ފަހުން އޭނާގެ ގައުމަށް ފޮނުވާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު (ޖެނުއަރީ 9، 2025) ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 25 އަހަރުގެ ކަންޗަން ދުންގެލްގެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހު (ޖެނުއަރީ 7، 2025) ވަނީ ނޭޕާލަށް ފޮނުވާލާފައެވެ.

ކަންޗަން ދުންގެލް ނިޔާވިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗަށް ގެންދިޔަ ފަހުންކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި، ކަންޗަން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބަނޑުގައި ވަރަށް ބޮޑަށް ރިއްސަން ފެށުމާ ގުޅިގެންނެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާގެ ހޭ ގޮސްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

މެޑިކޯ-ލީގަލް ރިޕޯޓުގައި ކަންޗަން ދުންގެލްގެ މަރުގެ ސަބަބު ”އެނގިފައިނުވާ“ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އޭނާއަށް އެއްވެސް ޖިންސީ އަނިޔާއެއް ލިބިފައިވާކަން ފާހަގަކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، ކަންޗަން އަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއްކަން އެނގިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.

ކަންޗަންގެ ހަށިގަނޑާ އޭނާގެ ސްޕޮންސަރުގެ ފަރާތުން ހަވާލުވެފައި ނުވާތީ، އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. މިދިޔަ ހޯމަ ދުވަހާ ހަމައަށް އޭނާގެ ހަށިގަނޑު އޮތީ މޯޗަރީގަ އެވެ.

ނޭޕާލް އައިޖީއެމްއެޗް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ