24 ގަޑީރު ތެރޭގައި 30،569 ޓަނު ފެން ހިއްކައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާގައި މާލެއިން 30،569 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލެއަށް ބޯކޮށް ވާރޭ ވެހެން ފެށުމާއި އެކު އިއްޔެ ހެނދުނު 11:30 އިން ފެށިގެން އެމްއެންޑީއެފުން ގެންދިޔައީ މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއްވާގޮތުގައި އެންމެ ބޮޑަށް ވާރޭވެހިފައިވަނީ މާލެ ސަރަހައްދު ކަމަށްވާއިރުގައި ރާއްޖޭގެ ބޮޑުބަޔަކަށް އިއްޔެ ކުރި ވިއްސާރައިގައި މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. މިއަދު ހެނދުނާ ހަމައަށް ހުޅުމާލެއަށް 122.5 މިލިމީޓަރުގެ ވާރޭ ވެހިފަ ވާއިރުގައި މާލެއަށް 142.6 މިލިމީޓަރު އަދި ހުޅުލެއަށް 144 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

މާލެ ސަރަހައްދުގެ އިތުރުން އެންމެ ބޮޑަށް ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 24 ގަޑިއިރުގެ ތެރޭގައި 113 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ކުރިއަށް އޮތް 48 ގަޑިއިރު މޫސުމާއި ކަނޑުގެ ހާލަތު މަޑުމަޑުން ރަނގަޅުވާނެ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.

އެމްއެންޑީއެފް ވިއްސާރަ މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ