އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާވަށަށް، މިއަދުގެ މޫސުންވެސް ގޯސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފާއިތުވި 24 ގަޑި އިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ލ. މާވަށަށްކަން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.

މެޓުން ބުނީ މި މުއްދަތުގައި މާވަށަށް 107.7 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މެޓްއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އދ. މާމިގިއްޔަށް 86.5 މިލިމީޓަރު، ހުޅުލެއަށް 73.0 މިލިލީޓަރު އަދި ހުޅުމާލެއަށް 70.9 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މީގެ އިތުރުން ވ. ރަކީދޫއަށް 61.9 މިލިލީޓަރު އަދި ލ. ކައްދޫއަށް 61.0 މިލިލީޓަރުގެ ވާރޭ ވެހުނެވެ.

މިއަދުގެ މޫސުން ލަފާކުރުމުގައި މެޓްއިން ބުނެފައިވަނީ އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ވިއްސާރަވެ، ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

ވައިގެ ދުވެލި ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ކަމަށާއި، އެހެން ހިސާބުތަކަށް ވައިޖެހޭނީ އުތުރާއި އިރުއުތުރުން ކަމަށް މެޓްއިން ބުނެފައިވެއެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މޫސުމުގެ ނުރައްކާތެރިކަމާ ގުޅިގެން މެޓްއިން މިއަދު ހެނދުނު 6:30 އިން 11:30 އަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލެއް ނެރެފައިވެއެވެ. މި ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށެވެ.

މި ހާލަތާ ގުޅިގެން ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން، އެންމެ ފަހުގެ މޫސުމީ ނޫސްތަކާއި ސަމާލުތަކަށް ސަމާލުވުމަށް މެޓްއިން އިލްތިމާސްކޮށްފައިވެއެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ ލ. މާވަށް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ