އެންމެ ގިނަ ފަތުރުވެރިން އައި ދެވަނަ މަހަކަށް ޑިސެންބަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

 

ރާއްޖެއައް އެންމެ ގިނަ ފަތުރުވެރިން އައި ދެވަނަ މަހަކަށް ޑިސެމްބަރު މަސް ވެއްޖެ އެވެ. ޑިސެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2 ލައްކައިން މައްޗަށް އަރައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، މުޅި އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 2،041،891 ފަތުރުވެރިންނެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9% އިތުރު އަދަދެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތ ޒިޔާރަތްކޮށްފައިވަނީ 1،872،645 ފަތުރުވެރިންނެވެ.

ޑިސެންބަރު މަހުގެ ތެރޭގައި އެންމެ ގިނަައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މަހުގެ 22، 28 އަދި 29 ވަނަ ދުވަހުއެވެ. މި ގޮތުން 22 ވަނަ ދުވަހު 9،181 ފަތުރުވެރިން، 28 ވަނަ ދުވަހު 9،440 ފަތުރުވެރިން އަދި 29 ވަނަ ދުވަހު 9،386 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އެ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 217،392 ފަތުރުވެރިންނެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހަކީ ރާއްޖޭގެ ޓޫރިޒަމް ސީޒަންގެ އެންމެ ތިޔާގި ދުވަސްވަރު އެވެ. މި އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ޓްރެންޑް ދަނީ ދެމެހެއްޓެމުންނެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ