ނޭނގި މީހުން ޕީއެންސީއަށް ވެއްދި ވާހަކައަކީ ދޮގެއް، ފޯމް ފުރީ ރައްޔިތުން މީހާ ކައިރިޔަށް ގޮސް: މުހައްމަދު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްކުރީ ރައްޔިތު މީހާ ގާތަށްގޮސް ފޯމް ފުރައިގެން ކަމަށް ވިދާޅުވެ، ނޭނގި މީހުން އެ ޕާޓީއަށް ވެއްދިކަމަށްދެކެވޭ ވާހަކަތައް މެމްބަރު މުހައްމަދު އިސްމާއިލް ދޮގުކުރައްވައިފި އެވެ.

އެމްޑީޕީގެ މެމްބަރުންތަކަކަށް ނޭނގި، އެ ޕާޓީގެ މެމްބަރުންތަކެއް ޕީއެންސީއަށް ބަދަލުކުރިކަމަށް ވަނީ އެމްޑީޕީން އިއްޔެ ތުހުމަތުކޮށްފަ އެވެ. އަދި އޭގެތެރެއިން ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ އިދާރާއަށް މައްސަލަވެސް ހުށަހަޅާފަ އެވެ.

އެ ވާހަކަތަކާއި ގުޅިގެން މެމްބަރު މުހައްމަދު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ސީދާ އޭނާގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން، ޕީއެންސީގެ މެމްބަރުންގެ ލިސްޓުގައި ތިބިނަމަ، އެއީ އެ ފަރާތްތަކުން އަމިއްލައަށްކޮށްގެން އުޅޭ ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދެވުނު ހަރަކާތްތަކާއި ގުޅޭގޮތުން ފުލަހަށް ގޮސް، ޖަވާބުދާރީވުމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް، މެމްބަރޝިޕް ހަރަކާތް ހިންގާތާ 11 މަސް ދުވަސްވެފައިވާކަމަށާއި، އަދި ފޯމްތައް ފުރީ ރައްޔިތުންގެ ތަރުހީބު ހެސްކިޔާފަ ލިބެގެންކަމަށް އެނާ ވިދާޅުވި އެވެ.

ޕީއެންސީން ވަނީ އެ ޕާޓީއަށް 75،000 މެމްބަރުން އިތުރުކުރުމަށް ކޮންމެ ހަފްތާ ބަންދެއްގައި މާލެއާ އަތޮޅުތެރޭގައި ބޮޮޑު ހަރަކާތެއް ކުރިއަށްގެންގޮސްފަ އެވެ. އަދި ފަހުން އެ ޕާޓީއަށް ލިބެމުންދިޔަ ތަރުހީބުގެ ސަބަބުން، 75،000 މެމްބަރުންގެ އަމާޒު ވަނީ އެއް ލައްކަ މެމްބަރުންގެ އަމާޒަކަށް ބަދަލުކޮށް، މެމްބަރޝިޕް އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފަ އެވެ.

ކޮންގްރެސް ޕާޓީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ