ހައިވޭގައި 3 ސައިކަލެއް ޖެހި އެކްސިޑެންޓް، 5 މީހަކަށް އަނިޔާ

Advertisement

އެންމެ ފަސް

Advertisement

ބްރިޖް ހައިވޭގައި ރޭ 3 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 12:11 ހާއިރު އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިންކަމަށް ފުލުހުން ބުނެ އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި 2 ސައިކަލު ޖެހި އެކްސިޑެންޓްވެ، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ޖުމްލަ 5 މީހަކަށް އަނިޔާވެފައި ވާއިރު އޭގެ ތެރެއިން 4 މީހަކަށް ފަރުވާ ދިނުމަށްފަހު ރޭ ވަނީ ދޫކޮށްލާފައެވެ. އަނެއް މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް، އެ މީހާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ވަނީ މި އެކްސިޑެންޓްގައި ގަވާއިދާ ޚިލާފުވި ސައިކަލު ޓޯކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

އެކްސިޑެންޓް ދިވެހި ފުލުހުންގެ ޚިދުމަތް ސިނަމާލެ ބްރިޖް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ