ގޯތި ހިޔާނާތް: ފުރުން މަނާ ކުރި 9 މީހަކަށް ފުރުމުގެ ހުއްދަ އަލުން ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބިންވެރިޔާ ސްކީމާ ގުޅުން ހުރި މައްސަލައާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ 9 މީހަކަށް އަލުން ފުރުމުގެ ހުއްދަ ދީފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ކުރިން ރާއްޖެއިން ބޭރަށް ދަތުރު ކުރުން މަނާ ކުރި މީހުންގެ ތެރެއިން 9 މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލްކޮށްފައިވާ ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްއާ މަޝްވަރާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާފުޅުގެ މަތިން.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ އަލުން ދިން 9 މީހުންގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަމުން ދަނީ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ ބޭބެ ފަޒީލް ރަޝީދަށް ބިންވެރިޔާ ސްކީމުގައި ނަން ނެތްނަމަވެސް ބިމެއް ލިބުނުކަމުގެ ލިޔުން ދީފައި އޮތް މައްސަލައެއް ފެންމަތިވުމުންނެވެ. މި މައްސަލައާ ގުޅިގެން ފަޒުލް ހިމެނޭހެން އެޗްޑީސީ ބޯޑުގެ ޗެއާމަން ފިޔަވާ އެންމެން ސަސްޕެންޑް ކުރި އެވެ. އަދި އެ އެންމެންގެ ޕާސްޕޯޓުވެސް ހިފެހެއްޓި އެވެ. ސަސްޕެންޑް ކުރި ފަހުން ފަޒުލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި އޭގެ ފަހުން އެޗްޑީސީގެ ބޯޑުގެ ސަސްޕެންޝަންވެސް ވަނީ އުވާލާފަ އެވެ. މި މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލްގެ ބޭބެ ފަޒީލްވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ބިންވެރިޔާ ސްކީމް އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ