އާއަހަރު ފާހަގަކުރަން މާފުށީގައިވެސް ހަވާއަރުވާނެ

Advertisement

އެންމެ ފަސް

Advertisement

މިއަހަރުވެސް އައު އަހަރު ފާހަގަކުރުމަށް މާފުށީގައި ހަވާ އަރުވާނެ އެވެ.

”ޖަވިޔަނި“ އަށް މައުލޫމާތުދެމުން މާފުށި ކައުންސިލުން ބުނީ، އައު އަހަރު ފާހަގަކުރުމުގެ ގޮތުން މާފުށީގައި ހަވާއަރުވާނަމަވެސް އެކަން ކުރަނީ ކައުންސިލުން ނޫން ކަމަށެވެ. އަދި ހަވާއެރުވުމުގެ ހުރިހާ ކަމެއްވެސް ކުރަނީ ރަށުގެ ވިޔަފާރިވެރިން ކަމަށެވެ.

މާފުއްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށެވެ. އައު އަހަރުފަދަ މުނާސަބަތުތައް އަބަދުވެސް އެ ރަށުގައި ކުލަގަދަކޮށް ފާހަގަ ކުރެ އެވެ.

މި ފަހަރު އައު އަހަރު ފާހަގަކުރުމަށް ރިސޯޓުތަކުގެ އިތުރުން ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު ތުލުސްދޫގެ އިތުރުން، ވެރިރަށް މާލޭގަ އެވެ. މާލޭގައި މި ފަހަރު އައު އަހަރު ފާހަގަކުރުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ޑްރޯން ޝޯވްއަކާއެކު ފުޑް ފެސްޓިވަލެކެވެ.

ކ. މާފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ