ބިންވެރިޔާ ސްކީމާއި ގުޅޭ 16 ޝަކުވާއެއް ފުލުހުންގެ ޕޯޓަލަށް ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލައިގެ ތަޙުޤީޤަށް މަޢުލޫމާތު އެއްކުރުމަށް ޤާއިމްކުރި ޕޯޓަލްއަށް މިހާތަނަށް ޖުމްލަ 16 ފަރާތަކުން މަޢުލޫމާތު ހުށަހަޅާފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

މީގެ ތެރެއިން 4 ފަރާތަކުން މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

ފުލުހުންގެ ފަރާތުން މި މަޢުލޫމާތު ހާމަކުރަމުން ބުނީ، މި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށެވެ. މަޢުލޫމާތު ހުށަހެޅުމަށް އެކަމަށް ހާއްސަކުރެވިފައިވާ ޕޯޓަލް ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން އިތުރަށް ބުނީ، މަޢުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މަޢުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެ ކަމަށެވެ. އަދި ތަޙުޤީޤު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މަޢުލޫމާތާއެކުވެސް ހިއްސާކުރެއްވިދާނެ ކަމަށް ފުލުހުން ބުންޏެވެ. މި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ވެސް ފުލުހުން ދީފައިވެ އެވެ.

ފުލުހުން މި ޕޯޓަލް ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހު އެވެ. މިއީ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) މި މަހުގެ 19 ވަނަ ދުވަހު ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކުރުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދުގެ ގޯތީގެ ރަޖިސްޓްރީގައި ނެތި އޭނާއަށް ގޯއްޗެއްގެ ހުއްދަ ދޫކޮށްފައިވާ މައްސަލައެއް ފާޅުވެފައިވެ އެވެ. މި މައްސަލައާ ގުޅިގެން ފަޒުލް ވަނީ މަޤާމުން އިސްތިއުފާ ދީފައެވެ. މީގެ އިތުރުން، އެޗްޑީސީ އާއި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ހިމެނޭ ގޮތުން 20 މީހެއްގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އާންމުންގެ ފަރާތުން ލިބޭ މަޢުލޫމާތު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންކަމުން، މި މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުމެއް އޮތްނަމަ، އެކަން ފުލުހުންނާ ހިއްސާކުރުމަށް އާންމުންނަށް ގޮވާލާފައިވެ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ގެދޮރުވެރިޔާގެ ސްކީމްގެ ފޯމު ބަލައިގަތުމާއި، ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އަދި މިއީ އާންމު މަޞްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށް ވާތީ، ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމް އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް ގެދޮރުވެރިޔާ ސްކީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ