ތިމަފުށި މާރާމާރި؛ ފަސް މީހަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ތ. ތިމަރަފުށީގައި އިއްޔެ ހިނގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ އިއްޔެ މެންދުރު 1:27 ގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވުނު ފަސް މީހުންނަކީ:

  1. އަޙްމަދު އަމީން (36 އަހަރު، ޖަހާމުގުރިގެ / ތިމަރަފުށި)
  2. އަޙްމަދު ޝަހުދީ (38 އަހަރު، ސަލްވާ / ތިމަރަފުށި)
  3. މުޙައްމަދު ރައޫފު (54 އަހަރު، ވ. ވާވަތް)
  4. ޢަބްދުﷲ އަޝްރަފް (39 އަހަރު، ގުލްބަކާ ވިލާ / ތިމަރަފުށި)
  5. އާސް އިބްރާހިމް (32 އަހަރު، ހިރި / ތިމަރަފުށި)

މި މާރާމާރީގައި ހަމަލާ ދީފައިވަނީ ފަސް މީހުންގެ ގްރޫޕަކުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވޭތޯ ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދިނުމަށް އިންކާރުކުރި ނަމަވެސް، މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ތ. ތިމަރަފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ