މަޖީދީ މަގުން ބައެއް ބަންދުކޮށް، ޓްރެފިކަށް ބަދަލުތަކެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގެ މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާތީ އެ ސަރަހައްދުގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މަޖީދީމަގު، ޗާނދަނީމަގު އަދި ރަށްދެބައިމަގާ ހަމައަށް ޓްރެފިކް ފްލޯތަކަށް ބަދަލު ގެނެވޭނެ އެވެ. މި ބަދަލުތައް އަންނާނީ 28 ޑިސެމްބަރު 2024 އިން ފެށިގެން 04 ޖަނަވަރީ 2025 އާ ހަމައަށެވެ.

މަޖީދީމަގުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މަގު ބްލޮކްތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން، އެންމެ ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ.

ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތަކުގެ ތަފްސީލު އެނގޭނެ ޗާޓެއް މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ހިމަނާފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން، މި ބަދަލުތަކުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން ވަނީ މަޢާފަށް އެދިފަ އެވެ.

މަޖީދީ މަގުގެ ޓްރެފިކްއަށް ގެނެވޭ ބަދަލު

ވާރޭވެހިއްޖެނަމަ މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ދަތިވާ މައްސަލަ ހައްލު ނުވެ އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ