ލިޔުންތަކަށް ބަދަލު ނުގެނެސް ފުލުހުންނަށް އެއްބާރުލުން ދީ: މިނިސްޓަރު ހައިދަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުން މިހާރު ބަލަމުންދާ ’ބިންވެރިޔާ‘ ސްކީމްގެ މައްސަލައިގައި ހައުސިން މިނިސްޓްރީގައި ހުރި އެއްވެސް ލިޔެކިޔުމަކަށް ބަދަލު ނުގެނެސް ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ ކިބައިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެދިވަޑައިގެންފި އެވެ.

މިނިސްޓަރު ހައިދަރު މިގޮތަށް އެދިވަޑައިގަތީ އޭނާ ސޮއިކުރައްވައި މިއަދު ހައުސިން މިނިސްޓްރީގެ މުވައްޒަފުންނަށް ފޮނުއްވި އިންޓަރނަލް މެމޯއެއްގަ އެވެ.

މި މެމޯގައި މިނިސްޓަރު ވަނީ އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ހިމެނޭހެން ހުރިހާ މުވައްޒަފުންގެ ކިބައިން ތަޙުޤީޤަށް އެއްބާރުލުން ދިނުމަށާއި، މައްސަލައާ ގުޅުން ހުރި އެއްވެސް ލިޔުމެއް ނުވަތަ ޑޭޓާއެއް ޑިލީޓް ނުކުރުމަށާއި، އެފަދަ ލިޔުމެއް ނުވަތަ ޑޭޓާއަކަށް ބަދަލު ނުގެނައުމަށް އެދިވަޑައިގެންފަ އެވެ. އަދި ފުލުހުންގެ ތަޙުޤީޤަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށާއި، ތަޙުޤީޤަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ފުލުހުން މި މައްސަލައިގައި ތަހުގީގެއް ފަށާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަކަށް ގޯތި ލިބުނުކަމުގެ ވަގު ލިޔުންތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވުމުންނެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ބޯޑުގެ ޗެއާމަން ދިޔަވާ އެހެން އެންމެން ސަސްޕެންޑް ކުރި އިރު އެ ކުންފުނީގެ އެމްޑީގެ މަގާމުގައި އޭރު ހުންނެވި ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ބޯޑު ސަސްޕެންޑް ކުރި ނަމަވެސް މިހާރު ވަނީ މި ސަސްޕެންޝަން އުވާލާފަ އެވެ.

ހައުސިން މިނިސްޓްރީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެޗްޑީސީ ހިޔާނަތް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ