އެޗްޑީސީ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުން ތަހުގީގު ކުރަމުންދާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭ މައްސަލައަކާ ގުޅިގެން އެޗްޑީސީގެ ބޯޑު މެންބަރުން ސަސްޕެންޑް ކުރި ކުރުން ނިމުމަކަށް ގެނެސްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފަށް މިކަން އަންގާ ސިޓީއެއް ފޮނުވާފަ އެވެ.

އެޗްޑީސީގެ ބޯޑުގެ ޗެއާމަން ނާސިފް ފިޔަވާ އެހެން ހުރިހާ މެންބަރުން ސަސްޕެންޑް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މެންބަރުން ސަސްޕެންޑްކޮށްފައިވަނީ ފުލުހުން ހިންގަމުންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. ސަސްޕެންޑް ކުރި ފަހުން އެ ކުންފުނީގެ އެމްޑީގެ މަގާމުގައި އޭރު ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ފަހުން އެ މަގާމަށް ވަނީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލް އައްޔަން ކުރައްވާފަ އެވެ.

ސަސްޕެންޝަން އުވާލި މެންބަރުން:

  • އަޒުހަރު އަބްދުﷲ ސައީދު
  • އިބްރާހިމް ޔޫސުފް ފުޅު
  • މުހައްމަދު ވިޝާމް
  • އުލާ މުހައްމަދު ރަޝީދު
  • އާރިފް އަބްދުއްސަމަދު
  • މުހައްމަދު ނާޖިލް
  • މުހައްމަދު ވަހީދު
  • ފާތިމަތު މިޒްނާ އަލީ
  • ޔޫސުފް ވަހީދު

އެޗްޑީސީއާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަމުން ދަނީ އެ ކުންފުނީގެ ކުރީގެ އެމްޑީ ފަޒުލްގެ ބޭބެ ފަޒީލް ރަޝީދަށް ބިންވެރިޔާ ސްކީމާ ނަން ނެތްނަމަވެސް ބިމެއް ލިބުނުކަމުގެ ލިޔުން ދީފައި އޮތް މައްސަލައެއްގަ އެވެ. އޭގެ ފަހުން އެތަނުގެ އިތުރު މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ