ދައުރުވަމުން ދަނީ ބަންގްލަދޭޝްގައި ހިނގާ ދިޔަ ހާދިސާއެއްގެ ވީޑިއޯއެއް: މިނިސްޓަރު އިހުސާން

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަކީ ބަންގްލަދޭޝްގައި ހިނގާ ދިޔަ ކަމެއްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާޏް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އިހުސާން ވިދާޅުވީ މި މައްސަލައަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ހާދިސާއަކާ ގުޅޭ ވީޑިއޯއެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާކަމަށް ބުނެ ވީޑިއޯއަކަށް ހަވާލާދީ ދެކެވޭ ވާހަކައަކީ މޭ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ހާދިސާއަކާ ގުޅޭ ވީޑިއޯއެއްކަމަށް ދަންނަވަން.

އިހުސާން ވަނީ މި ވީޑިއޯއާ ގުޅޭ ހަބަރުގެ ލިންކްވެސް ހިއްސާ ކުރައްވާފަ އެވެ.

މީގެ އިތުރުން މިމަހު 9 ވަނަ ދުވަހު އައިޖީއެމްއެޗުން މަރު ސާބިތުކޮށްފައިވާ 25 އަހަރުގެ ނޭޕާލް އަންހެނެއްގެ ހަށިގަނޑު އަދިވެސް މޯޗަރީގައި އޮތްކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ތަފްސީލް ހިއްސާ ކުރައްވާނެ ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ