ޤުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސް ދައުލަތުގެ މީޑިއާއިން ދައްކަމުންދާކަމަށް ބުނެ ކުއްލި މައްސަލަ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޤުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސް ދައުލަތުގެ މީޑިއާއިން ދައްކަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 70 މެންބަރުންގެ އިއްތިފާގުންނެވެ.

މެންބަރު މައުރޫފް ކުއްލި މައްސަލ ހުށަހެޅުއްވީ، ޤުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސް ދައުލަތުގެ މީޑިއާއިން ދައްކަމުންދާތީއާއި ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ދައުލަތުގެ މީޑިއާއިން ގުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސް ދައްކަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަމަކީ ގުރުއާނަށް އިހާނެތިކޮށްހިތާ ގަސްތުގައި ބަދަލުގެނެސް އާޔަތްތަކުގެ މާނަ އޮޅުވާލުމަށް ކުރަމުންދާ ނުރައްކާތެރި ކަމެއް ކަމަށެވެ.

މީގެއިތުރުން ޕަބްލިކް ސާވިސް މީޑިއާގެ ޤާނޫނުގައި ވަކިވަކި ފަރުދުންނަށް އަދި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަކަން ގާއިމު ކުރުމަކީ ދައުލަތުގެ މީޑިއާއަށް ލާޒިމު ކަމަކަށްވާއިރު ހަމައެކަނި ގެނެސްދެނީ ސަރުކާރުގެ ފަރާތްތަތަކުގެ އެއްޗެހި އެކަމަށްވެސް ކުއްލި މައްސަައިގައި ބުނެފައިވެ އެވެ. އަދި ސަރުކާރުގެ ފަރާތްތަކާ ހިޔާލު ތަފާތުވާ ފަރާތްތަކާމެދު ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ