ނ. މަނަދޫގައި ވިންޑް އެނާޖީ އުފެއްދުމުގެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްރޫއުއެއް ހިންގާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފި އެވެ.
މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފައިސާ ހޯދައިގެން ހިންގާ ’އެކްސެލެރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫޒިންގ ރިނިއުބަލް އެނާޖީ‘ ގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ހަރަކާތްތެރިވާ ފިނޭންސް މިނިސްޓްރީން ވަނީ ޕައިލެޓް ވިންޑް- އެނާޖީ ބޭސްޑް އިއާދަކުރަނިވި ހަކަތަ ނިޒާމުގެ ޕްރީ ޑިވެލޮޕްމަންޓް ސްޓަޑީ، ޑިޒައިން، ސަޕްލައި، އިންސްޓޯލް، އަދި މެއިންޓެނަންސް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފަ އެވެ. ބީލަމުގެ މަރުހަލާގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ކަނޑައަޅާ އުސޫލުތަކަަށް ބިޑް ޑޮކިއުމަންޓްގައި ތަފްސީލުކޮށްފައިވާ ގޮތަށް ޝަރުތު ހަމަވާ ގައުމުތަކުގެ ބައިވެރިންނަށް ބައިވެރިވެވޭނެ އެވެ.
ޝަރުޠު ހަމަވާ ފަރާތްތަކާއި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތަފްޞީލު ހިމަނާފައިވާ ބިޑް ޑޮކިއުމަންޓް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 9 ޑިސެމްބަރ 2024 އިން 6 ފެބްރުއަރީ 2024 އަށް ފިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500 ރުފިޔާ ނުވަތަ 100 ޑޮލަރު ދައްކަންޖެހެ އެވެ.
މި މަޝްރޫޢާ ބެހޭ އިތުރު ތަފްޞީލު ދިނުމަށް 8 ޖެނުއަރީ 2025 ގައި އޮންލައިންކޮށް ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ 10 ފެބްރުއަރީ 2025 އެވެ.
އިތުރު މަޢުލޫމާތާއި ބިޑް ޑޮކިއުމަންޓް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އިޔާދަ ކުރަނިވި ހަކަތަ އޭސިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) މިނިސްޓްރީ އޮފް ފިނޭންސް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް