މިއީ އެމްޑީޕީން ޖެހި ދަންތުރައިން ރައީސް ސަލާމަތްވުމުން އެކަމާ ބިރުން ކުރާ ކަމެއް: އިބްރާހިމް ދީދީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފެންނަމުން ދަނީ އިދިކޮޅު އެމްޑީޕީން ޖެހި ދަންތުރައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަލާމަތްވެ ވަޑައިގެންނެވުމުން އެކަމާ ބިރުން އެމްޑީޕީން މަސައްކަތް ކުރާތަންކަމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

މެންބަރު އިބްރާހިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންނަށް އަނިޔާވެރިވާނަމަ، ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދަންޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކި ވާހަކަތައް ތަހުގީގު ކުރަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.

އިބްރާހިމް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި، ދިވެހިންގެ މިނިވަންކަމަށްޓަކައި، އިސްލާމް ދީނަށްޓަކައި ރައްޔިތުން ނުހަނު ލޯބިން ހޮވި ވެރިއަކު ވެރިކަން ކުރާތަން ބަލަން އެމްޑީޕީއަށް ކެތް ނުކުރެވޭތަން ފެންނަމުންދާ ކަމަށެވެ.

އެބޭފުޅުން ޖެހި ދަންތުރައިން ނުލާހިކު ފަސޭހަކަމާއެކު ސަލާމަތްވެ ވަޑައިގެން އަމިއްލަފުޅު ބަޖެޓަކާއެކު ދެވަނަ އަހަރެއްގެ މަލަމަތި މިބޭފުޅުންނަށް ފެންނާތީ މިކަމާ ހިތްހަމަ ނުޖެހިގެން މި ބޭފުޅުން މަސައްކަތް ކުރައްވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ.

ރައީސް މުއިއްޒު އއ. އަދި ކ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި ރަށްތަކުންކީ މަރުހަބާ ފެނިގެން ހިނގައްޖެ ކަމަށާއި އެކަމުގެ ސަބަބުންވެސް އެމްޑީޕީ މީހުންގެ ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދިގެންދާނެކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ލިބެން އޮތީ ވެރިކަމުގައި ހުންނެވި ބޭފުޅާ އަވަހާރަކޮށްލައިގެންކަމަށް ދެކިގެން އެވާހަކަ ދެއްކުމަކީ ކުރެވޭނެކަމެއް ނޫން ކަމަށާއި އެ މައްސަލަ ބަލަން ޖެހޭކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މި މައްސަލަ ވީހާވެސް އަވަހަކަށް ބެލުމަށް މެންބަރު ވަނީ ގޮވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ފައްޔާޒް އިސްމާއިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ