މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށް ޖަޕާނުގެ ކޮންސަލްޓެންސީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގެ ކަނޑުގަނޑު (އެއްގަމު ތޮށި) ހިމާޔަތްކުރުމަށް ޖަޕާނުގެ ކޮންސަލްޓެންސީ ހޯދުމަށް ދިވެހި ސަރުކާރުން އިއްޔެ އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތައާމް މުޙައްމަދެވެ.

މި އެއްބަސްވުމަކީ ”ޕްރޮޖެކްޓް ފޯ ޑިޒާސްޓަރ ރެޒިލިއަންސް އެންހާންސްމަންޓް އިން މާލެ އައިލެންޑް“ ގެ ނަމުގައި މާލޭގެ އެއްގަމު ތޮށި ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުގެ މަޝްވަރާ އެއްބަސްވުމެވެ. މި މަޝްރޫޢަކީ މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިދިޔަ ސެޕްޓެމްބަރ 19 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު ސޮއިކުރެވުނު ”އެކްސްޗޭންޖް އޮފް ނޯޓްސް“ އާ ގުޅިގެންނެވެ. މި މަޝްރޫޢުގެ ތަފްސީލީ ޑިޒައިން ހެދުމުގެ މަޝްވަރާ މަރުހަލާ ނިމޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގަ އެވެ.

ސަރުކާރުން މި މަޝްރޫޢު ފާހަގަކޮށްފައިވަނީ މާލޭގެ އެއްގަމު ތޮށި ހިމާޔަތްކުރުމަށާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގެ އެއްގަމު ތޮށި ވަރުގަދަވެ، ކަނޑުގެ ރާޅުތަކުން ލިބޭ ގެއްލުން ކުޑަވެގެންދާނެ އެވެ.

ރާއްޖެ - ޖަޕާން މާލެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ