3 މަސް ތެރޭގައި މާލެ ސަރަހައްދަށް 172 އާ އެނދު އިތުރުކުރަނީ

Advertisement

އެންމެ ފަސް

Advertisement

3 މަސް ތެރޭގައި މާލެ ސަރަހައްދަށް 172 އާ އެނދު އިތުރު ކުރާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

ހަލީމް މިހެން ވިދާޅުވީ ރޭ އެމްއެމް ޓީވީގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ސަރުކާރުން 800 އެނދުގެ ސިއްހީ ހިދުމަތް ފުޅާކުރުމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ތިން މަސް ދުވަހުގެ ތެރޭގައި 172 އެނދު މާލެ ސަރަހައްދުގައި އިތުރުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުން އިއުލާންކޮށްފައިވާ ކަމަށެވެ.

އެގޮތުން، އައިޖީއެމްއެޗަށް އާ 75 އެނދު ލިބޭނެ ކަމަށާއި ހުޅުމާލެ ހޮސްޕިޓަލަށްވެސް ވަކި ވަރަކަށް އެނދުތައް ފޯރުކޮށްދޭނެެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ޕްލޭންގެ މުހިންމު ބައެއްގެ ތެރޭގައި ވިލިމާލޭގައި 100 އެނދުގެ އާ ހޮސްޕިޓަލެއް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ. އަންނަ އަހަރުގެ މެދުތެރޭގައި އެތަނުގެ އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސިއްހީ ދާއިރާގައި ދިމާވެފައިވާ އެނދުގެ ދަތިކަން ހައްލުކުރުމުގެ މަގުސަދުގައި ހިންގާ މި މަޝްރޫއުއަކީ ރައީސް ޑރ. މުއިއްޒު މި ސަރަހައްދުގެ މެޑިކަލް އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ވެވަޑައިގަތް ވައުދުފުޅެކެވެ.

މީގެ އިތުރަށްވެސް، ހަލީމް ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ހަގީގީ މާނައިގައި ޓާޝަރީ ހޮސްޕިޓަލަަކަށް ހެދުނު ކަމުގެ ވާހަކައަށްވެސް އަލިއަޅުވާލައްވާފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ މެއިންޓެނަންސް ކުރުމަށް އިހުމާލުވުމުން ދަރުމަވަންތަ ހޮސްޕިޓަލް ހުއްޓިފައި އޮތުމުން އެތަނުގެ ތިން ފިނިކުރާ ނިޒާމުގެ ތެރެއިން ދެ ސިސްޓަމް ހަލާކުވެފައިވާ ކަމަށާއި ހޮސްޕިޓަލްގެ އެ ފެސިލިޓީ ކިރިޔާ ވެސް މަސައްކަތް ނުކުރެވޭ ކަމަށެވެ.

ހަލީމް ވިދާޅުވީ އޭނާ ސީއީއޯކަމާއި ހަވާލުވެވަޑައިގަތް ފަހުން ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ފަންގިފިލާގެ ބޭނުން ރަނގަޅަށް ނުކުރެވޭ ކަމަށެވެ. ބޮޑެތި މަސައްކަތްތަކެއް ކޮށްގެން މި ފްލޯތައް އާކޮށް، މުހިންމު ހިދުމަތްތައް ގާއިމް ކުރެވުނު ކަމަށް ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލް އައިޖީއެމްއެޗް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް ދަރުމަވަންތަ ހޮސްޕިޓަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ