އެގްރިކަލްޗަރ މިނިސްޓްރީގެ ހިންގުން މިނިސްޓަރ މާރިޔާ އަށް

Advertisement

އެންމެ ފަސް

Advertisement

މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ ހިންގުން ވަގުތީ ގޮތުން، މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވަލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ އާއި ހަވާލުކޮށްފި އެވެ.

މިކަން ހާމަކޮސްފައި ވަނީ، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިރު ކުރި ހަބަރެއްގަ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ، ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ޑޮކްޓަރ ޢާއިޝަތު ރަމީލާ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން މިއަދު އިސްތިޢުފާދެއްވާފައިވާތީ، އެމަޤާމަށް ބޭފުޅަކު ޢައްޔަނުކުރެވެންދެން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާ އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޙަވާލުކުރައްވާފައިވާ ކަމަށެވެ.

ޖަވިޔަނި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު ރަމީލާ ވަނީ ހާލުކޮޅު ދެރަވުމުގެ ސަބަބުން އިއްޔެ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

ވަޒީރުންގެ މަޖިލިސް މިނިސްޓަރ އާއިޝަތު ރަމީލާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ