އެސްޑީއެފްސީގެ ސަރުކާާރު ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އެސް.ޑީ.އެފް.ސީގެ ހިއްސާ ގަތުމަށް ބީއެމްއެލްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލްއާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ހުށަހެޅި ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހުގައެވެ. އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، ބިޒްނަސް ސްޓާޓްއަޕްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ. ބީއެމްއެލްގެ ދަށުން ހިނގަމުންދާއިރު، އެސް.ޑީ.އެފް.ސީއިން ލޯނުތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށެވެ.

ރައީސް އޮފީހުން ފާހަގަކުރައްވާފައިވާ ގޮތުގައި، ބީއެމްއެލްއިން އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، އެ ކުންފުނި ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި ޒަމާނީ ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިންނެވެ.

މި ބަދަލާއެކު، ބީއެމްއެލްގެ ނެޓްވޯކް މެދުވެރިކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ޚިދުމަތް ފުޅާވެގެންދާނެއެވެ. އަދި އެސް.ޑީ.އެފް.ސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، ލޯނުތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި ކުންފުނީގެ ހިންގުން ހަރުދަނާވެގެންދާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ) ވަޒީރުންގެ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ