އެފްޑީސީ އިން މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް އަޅަނީ

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް އެޅުމުގެ ތައްޔާރީ މަރުހަލާ ފަށާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އިއުލާން ކުރައްވައިފި އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަމްދާން ވިދާޅުވީ އެ މަޝްރޫއަށް އެފްޑީސީން މިހާރު ވަނީ ބޭރުގެ ތިން ކުންފުންޏަކާ އެކު ފްރޭމްވޯކް އެގްރީމަންޓްތަކުގައި ސޮއިކޮށްފައި ކަމަށެވެ.

އޭގެ ތެރެއިން 3000 ހައުސިން ޔުނިޓް އެޅުމަށް ސްރީ ލަންކާގެ ކުންފުންޏަކާ އެކު ކޮންޓްރެކްޓެއް ހަދާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އިއުލާން ކުރެއްވި ގޮތުގައި މާލެ އަދި އަތޮޅުތަކުގެ އެކި ހިސާބުތަކުގައި 27،000 ހައުސިން ޔުނިޓް އަޅާނެ އެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން 15،000، އަދި އަތޮޅުތަކުގެ 12،940 ފްލެޓްތައް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.

ހަމްދާން ވިދާޅުވީ މާލެ ސަރަހައްދުގައި ސޯޝަލް ހައުސިން ޔުނިޓްތައް އެޅުމަށް ބޭނުންވާ ފައިނޭންސިން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދާނީ ބޭރުގެ އެކިއެކި ފައިނޭންސް އެޖެންސީތަކުން ލޯނު ނަގައިގެން ކަމަށެވެ.

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ ހުއްދައަށް އެދި ހުށަހަޅާނެ ކަމަށާއި ހަތަރު މަސް ދުވަހުގެ ތެރޭގައި ރަސްމީކޮށް އެ މަޝްރޫއު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ހަމްދާން ޝަކީލް ބޯހިޔާވަހިކަން ފަހި ދިރިއުޅުން ކޯޕަރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ