ވާޓިކަލް ދަނޑުވެރިކަމަށް ރަނގަޅު ފަސް ރަށެއް ސަރުކާރުން ދެނެގަނެ ހޮވާފައިވާކަން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ ހާމަކުރައްވައިފި އެވެ.
އެކަމަނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ހާއްސަ ޕްރޮގްރާމެއްގެ ތެރެއިން ނެވެ.
ދައުލަތުގެ މީޑިއާއާއި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ވާޓިކަލް ފާމިންއަށް ހޮވާފައިވާ ރަށްރަށުގެ ލޯކަލް ކައުންސިލްތަކަށް މިހާރު މިނިސްޓްރީގެ ނިންމުން އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ވާޓިކަލް ފާމިންއަށް ހޮވޭ ރަށްރަށަކީ ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު އަދި ޅ. ނައިފަރެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ވަރޓިކަލް ފާމިންގ އަށް ބޭނުންވާ ތަންތަން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، 2025 ވަނަ އަހަރުގެ ކުރީކޮޅު މިކަމަށް ހާއްސަ މުދާ ގެނެވޭނެ ކަމަށް ބެލެވެ އެވެ.
އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހައިޑްރޯޕޮނިކްސް އާއި ގްރީންހައުސް ފާމިންގ އަކީ ދުވަހެއް ދުވަހަކަށް މަގުބޫލުވަމުން އަންނަ ކަމެކެވެ. ޒަމާނީ ދަނޑުވެރިކަމުގެ ގޮތްތައް ރާއްޖޭގައިވެސް އަހުލުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުވާލެއްވި އެވެ. މި އާ އުކުޅުތަކަކީ ގަސްގަހާގެހިން ޖެހޭ ބަލިތައް ފެތުރުން މަދުކުރުމަށް އެހީތެރިވެދޭ އުކުޅުތަކަކަށް ވާތީ ދަނޑުވެރިންނަށް ފަސޭހަކޮށްދޭނެ އުކުޅުތަކެކެވެ. ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ އުސޫލުތައް އިތުރަށް ކުރިއަރުވައި، އިމްޕޯޓްކުރާ އުފެއްދުންތަކަށް ބަރޯސާވުން ކުޑަކުރުމެވެ.
މިނިސްޓަރ އާއިޝަތު ރަމީލާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ