ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ބެލުމުގެ ދަށުން އަޅަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަންލް ލިމިޓެޑް (ކޭޕީއައިއެލް) އިން އަޅަމުން އަންނަ 2،000 ފްލެޓްގެ މަސައްކަތް އަންނަ ޖެނުއަރީއަށް ނިމޭނެކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ހަމްދާން ޝަކީލް މިހެން ވިދާޅުވީ ޖަވިޔަނި ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ހަމްދާން ވިދާޅުވީ ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން އަޅަމުން އަންނަ 16 ޓަވަރުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ނިމިފައިވާކަމަށާއި ކޭޕީއައިއެލް ޓަވަރުތަކުގެ ފިނިޝިން މަސައްކަތުގެ ގާތްގަނޑަކަށް 90 އިންސައްތަ ނިމިފައިވާ ކަމަށެވެ.
އަޅުގަނޑުމެން ޓާގެޓް ކޮށްގެން މިހިރީ ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކޭޕީއައިއެލްގެ ހުރިހާ ޔުނިޓެއް، ޓަވަރެއް އަދި ޔުނިޓެއްގެ މަސައްކަތް ނިންމާލެވޭތޯ.
ޓަވަރުތައް ހަވާލުކުރުމުގެ ކުރިން، ޔުނިޓުތަކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ފެންވަރު ކަށަވަރުކުރުމަށް ފައިނަލް އިންސްޕެކްޝަނެއް ކުރިއަށްދާކަމަށްވެސް ހަމްދާން ފާހަގަކުރެއްވި އެވެ.
އެފްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އަޅަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހިމެނޭ އިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.
ހަމްދާން ޝަކީލް އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)