ބުޅާތައް މަގުމަތިން ނުނަގާތީ މިނިސްޓްރީ އިން އެކަމާއި މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަގުމަތީގައި އުޅޭ ބުޅާތައް ޕެޓްކެއަރ ފެސިލިޓީއަށް ނުގެންދާތީ، ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީ އިން އެކަމާއި މަޝްވަރާކޮށްފި އެވެ.

މިނިސްޓްރީ އިން މިއަދު އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ ޕެޓްކެއަރ ފެސިލިޓީ ރަސްމީކޮށް ހުޅުވުމަށްފަހު މިއަދާހަމައަށް ވެސް މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކޮށްފަ އެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވާ ފަރާތްކަމުގައިވާ މާލެ ސިޓީ ކައުންސިލާއި މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

މިނިސްޓަރ ޑރ. ޢައިޝަތު ރަމީލާ އަދި މިނިސްޓްރީގެ ޓީމުން މިއަދު މާލޭ ސިޓީ ކައުންސިލްއާއި ބައްދަލުކޮށް މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވާކަން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

ޕެޓްކެއާ ފެސިލިޓީ ހުޅުވާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރ 2 ވަނަ ދުވަހު އެވެ. މި ފެސިލިޓީ ހުޅުވުމާއެކު، 6 މަސް ދުވަސް ތެރޭގައި މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން އޭރު ބުނެފައިވެ އެވެ. ނަމަވެސް، މިހާތަނަށް އެ މަސައްކަތް ފެށިފައި ނުވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މާލެ ސިޓީ ކައުންސިލުން ގާއިމުކުރި މި ޕެޓް ކެއާ ފެސިލިޓީ ”އޮޅު ހިޔާ“ އިން ބުޅާތައް ނިއުޓަރކޮށް، އެ ތަކެއްޗަށް ބޭސްފަރުވާ ކުރެވޭނެ އެވެ. އަދި މި ތަނުގައި އެކަމަށް ޚާއްޞަ ބޭހާއި ވެޓެރިނޭރިއަނެއްގެ ޚިދުމަތްވެސް ލިބެން ހުންނާނެ އެވެ.

މި ފެސިލިޓީ ހުޅުވުމާއެކު، މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ އަދަދު މަދުވެ، އެ ތަކެތީގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގައިވެސް މިފަދަ ފެސިލިޓީތައް ގާއިމުކުރުމަކީ ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް މި މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވޭކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މާލެ ސިޓީ ކައުންސިލް މިނިސްޓަރ އާއިޝަތު ރަމީލާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ