ރަށްރަށަށް ވެޓެރިނަރީ ޚިދުމަތް ދިނުމަށް މޮބިލިޓީ ޓީމްތައް ފޮނުވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަށްރަށަށް ވެޓެރިނަރީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މޮބިލިޓީ ޓީމްތަކެއް ފޮނުވުމަށް އެގްރިކަލްޗަރ މިނިސްޓްރީން ނިންމައިފި އެވެ.

މިކަން ހާމަކުރައްވާފައިވަނީ އެގްރިކަލްޗަރ މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ އެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ”ޖަވިޔަނި“ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރަށްރަށުންވެސް ވެޓެރިނަރީ ޚިދުމަތަށް އެދޭ ފަރާތްތައް ގިނަކަމަށެވެ. އަދި ބުޅާތައް މަގުމަތީގައި ގިނަވެފައިވާ މައްސަލަ އަތޮޅުތެރެއިންވެސް ލިބެމުންދާކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ކައުންސިލުތަކާއި އާންމު ރައްޔިތުންގެ ފަރާތުން ހުށަހެޅެމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

”ކޮންމެ ރަށެއްގައި ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމުކުރުމަކީ ދައުލަތަށް ކުޅަދާނަވެގެންވާ ކަމެއް ނޫން. ނަމަވެސް، އެ މަސައްކަތް އަތޮޅުތެރެއަށް ފުޅާކުރުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އަޅުގަނޑުމެން މިހާރު ރާވާފައިވަނީ މޮބައިލް ޓީމްތައް މި މައްސަލަ އުޅޭ ރަށްރަށަށް ގޮސް، ރަށްރަށުގެ ބުޅާތަކުގެ ހާލަތު ދެނެގަނެ، އަދި ނިއުޓަރ ކުރުމުގެ މަސައްކަތްތައްވެސް ކުރުމަށް،“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު މޮބައިލް ޓީމްތައް އެކުލަވާލުމާއި އަދި ޓީމްތައް ރޭވުމުގެ ޢަމަލީ މަސައްކަތްތައް ކުރަމުންދެ އެވެ. މިއީ މިވަގުތަށް އަތޮޅުތެރެއަށް އެންމެ އަވަހަށް ޚިދުމަތް ދެވޭނެ ގޮތްކަމަށް މިނިސްޓަރ ދެކެވަޑައިގަންނަވަ އެވެ. އަދި މުސްތަޤުބަލުގައި އަތޮޅުތެރޭގެ އެކި ޒޯންތަކުގައި ޕެޓް ކެއަރ ފެސިލިޓީ ޤާއިމުކުރުމަކީ ކުރެވިދާނެ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު ޤާއިމުކުރެވިފައިވަނީ ވަގުތީ ކެޓް ޝެލްޓަރއެކެވެ. މިއީ މާލޭގައި ބުޅާތައް ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް ހުޅުވާލި ތަނެކެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މި ދައުރު ނިމިގެންދާއިރު ދާއިމީ ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމުކުރާނެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، މާލޭގެ ”އޮޅު ހިޔާ“ ޕެޓް ކެއަރ ފެސިލިޓީ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުތެރެއަށްވެސް ޕެޓް ކެއަރ ޚިދުމަތް ދިނުމަށް ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މި ނިންމުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ޖަނަވާރުތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރަށްރަށުގައި ހުންނަ ޖަނަވާރުތަކުގެ ދުޅަހެޔޮކަން އިތުރުވެ، މަގުމަތީގައި އުޅޭ ބުޅާތަކުގެ އާބާދީ ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެ އެވެ.

މި މަޝްރޫޢުގެ ދަށުން މޮބައިލް ޓީމްތަކުން ރަށްރަށަށް ޒިޔާރަތްކޮށް، ބުޅާތަކުގެ ޞިއްޙީ ހާލަތު ދެނެގަތުމާއި، ނިއުޓަރކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ. މިއީ ޚާއްޞަކޮށް ވެޓެރިނަރީ ޚިދުމަތްތައް ލިބެން ނެތް ކުދި ރަށްރަށަށް ވަރަށް މުހިންމު ޚިދުމަތަކަށް ވާނެ ކަމަށް ބެލެވެ އެވެ.

މިނިސްޓަރ އާއިޝަތު ރަމީލާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ