އިތުރު 3 ރިސޯޓަކުން ވެމްކޯގެ ”ފަތުރުވެށި“ ހިދުމަތް ހޯދަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ފޯރުކޮށްދޭ ”ފަތުރުވެށި“ ކުނި ނެގުމުގެ ހިދުމަތް ހޯދުމަށް އިތުރު 3 ރިސޯޓަކުން އެއްބަސްވެއްޖެ އެވެ.

މިގޮތުން އިއްޔެ ވަނީ މި 3 ރިސޯޓާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

ވެމްކޯގެ މި ހިދުމަތާ އަލަށް ގުޅުނު ރިސޯޓުތަކަކީ މަލާހިނި ކުޑަބަނޑޮސް މޯލްޑިވްސްއާއި، ޖުމައިރާ އޮޅަހަލި މޯލްޑިވްސްއާއި މޫވެންޕިކް ކުރެދިވަރު މޯލްޑިވްސް އެވެ. މީގެ އިތުރުން، އިތުރު ދެ ރިސޯޓަކާއެކުވެސް މި ހިދުމަތާ ގުޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ވެމްކޯއިން މަޢުލޫމާތު ދީފައިވެ އެވެ. މިހެންވުމުން، ޖުމްލަ 8 ރިސޯޓަކަށް ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތް ދެވެން ފަށާނެ އެވެ.

އިތުރު 3 ރިސޯޓަކުން ވެމްކޯގެ ”ފަތުރުވެށި“ ހިދުމަތް ހޯދަން ފެށުން — ފޮޓޯ: ވެމްކޯ

ވެމްކޯއިން ރިސޯޓުތަކުން ކުނި ނަގައިދިނުމުގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ. މި ހިދުމަތް ހޯދަން ފެށި އެންމެ ފުރަތަމަ ރިސޯޓުތަކަކީ ކޮކޯން މޯލްޑިވްސްއާއި އަލިލާ ކޮޓެއިފަރުއާއި ނޮކު މޯލްޑިވްސް އެވެ.

ވެމްކޯއިން ބުނެފައިވާ ގޮތުގައި، މި ހިދުމަތް ރިސޯޓުތަކަށް ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ މާލީ ގޮތުން ސަރުކާރަށް ބަރޯސާނުވެ، ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ދެމިހުރުމެވެ. އަދި މި ހިދުމަތަކީ ކުންފުނީގެ އާމްދަނީ ބޮޑުތަނުން އިތުރުކޮށްދޭނެ ހިދުމަތެއްގެ ގޮތުގައިވެސް ވެމްކޯއިން ސިފަކޮށްފައިވެ އެވެ.

އިތުރު 3 ރިސޯޓަކުން ވެމްކޯގެ ”ފަތުރުވެށި“ ހިދުމަތް ހޯދަން ފެށުން — ފޮޓޯ: ވެމްކޯ

މި ހިދުމަތް ފުޅާވެގެން ދިއުމާއެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެ، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ