ރާއްޖެއާއި ތުރުކީން ވިޔަފާރި ގުޅުން ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފޮ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި ތުރުކީން ވިޔަފާރި ގުޅުން ހަރުދަނާ ކުރުމަށް ޕްރިފަރެންޝިއަލް ޓްރޭޑް އެގްރީމެންޓް (ޕީޓީއޭ) ގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު ޕަރޮފެސާ ޑރ. އިމާރ ބޮލަޓްއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދައިދޭނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެވޭނެކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިތައް މި އެއްބަސްވުމުގެ ސަބަބުން އިތުރު ކުރެވިގެންދާނެކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ދިވެހިންނަށް ތުރުކީގެ އުފެއްދުންތައް އަގުހެތޮކޮށް ލިބުމުގެ ފުރުސަތު މި އެއްބަސްވުމުގެ ސަބަބުން ފަހިވާނެކަމަށްވެސް ބުނެފައިވެ އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ބާވަތުން ނަގަމުންދާ ޓެރިފް ކުޑަ ކުރެވިގެންދާނެ ކަމަށާއި މަހުންނާއި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް އެއްކޮށް ކަނޑާލެވޭނެކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަޝްވަރާ ކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖެ - ތުރުކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިވަން ވިޔަފާރީގެ އެއްބަސްވުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ތުރުކީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ