ދައުވާތަކާއި ބަންދު މުރާޖައާކުރުމަށް އެދި ޕީޖީއަށް 539 ހުށަހެޅުން

Advertisement

އެންމެ ފަސް

Advertisement

ދައުވާތަކާއި ބަންދު މުރާޖާ ކުރުންމަށްއެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް 500 އަށްވުރެ ގިނަ ހުށަހެޅުން ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އެ އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި، އިސްތިއުނާފުކޮށް ހިނގަމުންދާ އިސްތިއުނާފްތަކާއި، މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ޖުމްލަ 539 ޝަކުވާ ލިބިފައިވާ ކަމަށެވެ.

ހުށަހަޅާފައިވާ ޝަކުވާތަކާއި، މުރާޖައާކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މުރާޖައާކުރުމަށްފަހު، ޕީޖީ އޮފީހުން ނިންމާ ގޮތެއް ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ. 

ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަނު ކުރެވުމުނަށްފަހު، މައްސަލަތަކުގައި މުރާޖާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 1 އޮކްޓޫބަރުގަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ