އައިލެންޑް އޭވިއޭޝަންގެ ޑީއެމްޑީ ކަމުން ވަކިކުރި ޖެނިފާއަށް އަލުން ވަޒީފާ ދޭން އަމުރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ކަމުން ވަކިކުރި މ. ޏަމްޏަމްގެ އައިޝަތު ޖެނިފާ، އަލުން އެމަގާމަށް އައްޔަން ކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަން ކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 25 ޑިސެމްބަރު 2018 ގަ އެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައިސް، 28 ޑިސެމްބަރު 2023 ގައި ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި ޖެނިފާ ވަޒީފާއިން ވަކިކުރަން ނިންމައި، 3 ޖެނުއަރީ 2024 ގައިވަނީ އޭނާ ވަޒީފާއީން ވަކިކޮށްފަ އެވެ.

އެހެންނަމަވެސް، އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޖެނިފާގެ ފަރާތުން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި އެވެ.

ޓްރައިބިއުނަލްގައި އޭނާ އެދިފައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމާ އެކު، ވަޒީފާއިން ވަކި ކުރަން ބޯޑުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާއިން ވަކިކުރިކަން އެންގި އެންގުމަކީ ބާތިލު އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް ހޭދަވި މުއްދަތުގައި، ވަޒިފާގައި ދެމިހުރި ނަމަ ލިބޭނެ އެންމެހައި މުސާރަ އާއި އިނާޔަތްތަކާއި ކުރިއެރުންތަކާއި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުން ތިން މަސް ދުވަހުގެ މުސާރައަށްވާ ފައިސާ އާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ގާނޫނީ ވަކީލުން އައްޔަން ކުރުމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައި ކުރިއަށް ގެންދިއުމަށް ހިނގާފައިވާ ހަރަދުތަކަކީ އައިލެންޑް އޭވިއޭޝަނުން ޒިންމާވާން ޖެހޭ ހަރަދުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެ އެވެ.

ޖެނީފާ ވަޒީފާއިން ވަކިކޮށްފައި ވަނީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭފަދަ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ބުރަވެވޭތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ވަޒީފާއިން ވަކިކުރި އިރު މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެމުންދިޔަ 57،171 ރުފިޔާގެ ނިސްބަތުން އެއް މަސް ދުވަހަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި 30 ދުވަހުގެ ތެރޭގައި އެ ހުރިހާ ކަމެއް ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު، އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ވަޒީފާއާބެހޭ ޓްރައިބިއުނަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ