މާފަރު އިންޓަނޭޝަނަލް އެއާޕޯޓް، އިންޓަނޭޝަނަލް އޮޕަރޭޝަންތަކަށް އަލުން ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބައިނަލްއަގުވާމީ އޮޕަރޭޝަންތަކަށް ރަސްމީކޮށް ހުޅުވާލައިފި އެވެ.

މާފަރު އެއާޕޯޓު ބައިނަލްއަގުވާމީ އޮޕަރޭޝަންތަކަށް ހުޅުވާލާފައިވަނީ ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެ އެއާޕޯޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްފަހު އެވެ.

މި ފިޔަވަޅުގެ މަގުސަދަކީ ސަރަހައްދުގެ ގުޅުން ވަރުގަދަކޮށް، ލަގްޒަރީ ދަތުރުތަކަށް ބޮޑުވަމުން އަންނަ ޑިމާންޑުތަށް ފުއްދައިދިނުމެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ފުރަތަމަ އިފްތިތާހުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ފައިސާ ހޯދައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ލިބިފައިވެ އެވެ.

މި އެއަރޕޯޓްގެ ރަންވޭ އިތުރުކުރުމާއި އިތުރު އޭޕްރަން ޖާގަ އިތުރުކުރުން ފަދަ ބޮޑެތި އަޕްގްރޭޑްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދާދި ފަހުން ވަނީ އެއާޕޯޓް ބަންދުކޮށްފަ އެވެ.

މި އިތުރުކުރުންތައް ފަރުމާކޮށްފައި ވަނީ ބޮޑެތި މަތިންދާބޯޓުތަކަށް ޖާގަ ދިނުމަށާއި، އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކޮށް، ބައިނަލްއަގްވާމީ ދަތުރުތަކަށް ބޮޑުވަމުން އަންނަ ޑިމާންޑް ފުއްދައިދެވޭނެ ގޮތަކަށެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ