އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކުރާ އުރީދޫ ނޭޝަން އިންޓަރ ރިސޯޓް ޗެމްޕިއަންޝިޕްގެ ރަޖިސްޓްރޭޝަންތައް 25 އޮކްޓޯބަރ 2024 ގައި ބަންދުކުރާނެ ކަމަށް ބުނެފި އެވެ.
މި ޗެމްޕިއަންޝިޕްގައި މަޝްހޫރު ދެ އީސްޕޯޓްސް ޓައިޓަލް ކަމަށްވާ ޕަބްޖީ މޯބައިލް އަދި އީއޭއެފްސީ 24 ކުޅޭއިރު މުޅި ރާއްޖޭގެ ރިސޯޓްތަކުގެ ކުޅުންތެރިން ޓީމުތައް އުފައްދައިގެން ގޭމިންގެ ހުނަރު ދައްކާނެ އެވެ. މި މުބާރާތަކީ ރާއްޖޭގެ ތެރޭގައި އީސްޕޯޓްސް އަށް އިތުރުވަމުން އަންނަ ޝައުގުވެރިކަން ފާހަގަކޮށްދޭ ފޯރިގަދަ ހަރަކާތެއްގައި ރިސޯޓްތައް އެއްތަނަކަށް ގެނައުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ކޮންމެ ގޭމަކާއެކު 10،000 ރުފިޔާގެ އިނާމު ޕޫލެއް ލިބޭއިރު، ބައިވެރިންނަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ލިބެ އެވެ. އުރީދޫ މޯލްޑިވްސްގެ މި މުބާރާތް މެދުވެރިކޮށް، ޑިޖިޓަލް އިނޮވޭޝަން ކުރިއެރުވުމާއި ރާއްޖޭގައި އީސްޕޯޓްސް ކުރިއެރުވުމުގައި ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
މުބާރާތް ބާއްވާނެ ތާރީހުތައް ވަރަށް އަވަހަށް އިއުލާން ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް މުބާރާތުގައި ޖާގަ ކަށަވަރު ކުރުމަށްޓަކައި ވީހާވެސް އަވަހަކަށް ޓީމުތައް ރަޖިސްޓްރީ ކުރުމަށް ވަނީ ބާރުއަޅާފަ އެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް އަދި ރަޖިސްޓްރީ ކުރުމަށް ޝައުޤުވެރިވާ ޓީމުތަކުން އުރީދޫގެ ރަސްމީ ވެބްސައިޓަށް ޒިޔާރަތް ކުރުމަށް އެދިފައި ވެއެވެ.
މުޅި ރާއްޖޭގައި އީސްޕޯޓްސް އަދި ޑިޖިޓަލް ޓްރާންސްފޯމަޝަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދަނީ އީޖާދީ މަންސަތަކާއި ޓެކްނޮލޮޖީތަކުގެ ތެރެއިން މުޖުތަމައުތައް މުއްސަނދި ކުރުމަށް ކުރާ މަސައްކަތެކެވެ.
