ގޭގެއަށް ވިއްކާ ކައްކާ ގޭސް ލިބުމުގައި ދައްޗެއް ނެތް ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވް ގޭސްއަށް ގޭސް ޝިޕްމެންޓު ލިބުން ލަސްވެ، އެ ކުންފުނިން ވިއްކާ ގޭސް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވާހަކަތަކެއް ދެކެވިފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވިދާޅުވީ ގޭބީސީތަކުގައި ބޭނުންކުރާ 2 ކިލޯ އާއި 5 ކިލޯ އަދި 10 ކިލޯގެ ގޭސް ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.
ގޭސް ޝިޕްމެންޓު އައުން ލަސްވީ ސަޕްލަޔަރުގެ ފަރާތުން އައި ލަސްކަމެއްގެ ސަބަބުން ކަމަށްވެސް އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ، މި އަހަރު ވެސް ކުންފުންޏަށް މާލީ ގޮތުން %30ގެ ކުރިއެރުން އައިސްފާވާ ކަމަށާއި، ފައިސާ ނުދެއްކުން، ޑޮލަރުގެ ދަތިކަން ފަދަ ކަމެއް ނޫޅޭ ކަމަށެވެ.