ކޮންމެ ބަޔަކު ކުރި ކަމެއް ނަމަވެސް ގޯސް ކަމެއް ގޯހެއްގެ ގޮތުގައި ފާހަގަކުރަންޖެހޭނެ ކަމަށާއި، ގޭސް ގަންނަން ފޮނުވި ފައިސާ ގެއްލުމަކީ ބޮޑު މައްސަލައެއް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
މޯލްޑިވް ގޭސް އިން ގޭސް ޝިޕްމެންޓަކަށް އެޑްވާންސްކޮށް ދެއްކި ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލަ ހާމަވެގެން ދިޔައީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހާމަކުރެއްވި މަޢުލޫމާތުތަކާ ގުޅިގެންނެވެ. ނާޒިމްގެ މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެލްޕީޖީ ޝިޕްމަންޓަކަށް 240،000 ޑޮލަރު އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ ކަމަށާއި، މި ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހް ވިދާޅުވީ، ”ކޮންމެ މީހަކު އަދި ކޮންމެ ބަޔަކު ކުރިޔަސް ގޯސް ކަމެއް ގޯސް. ގޭސް ގަންނަން ފޮނުވި ފައިސާ ގެއްލުނު ނަމަ މިއީ ވަރަށް ބޮޑު މައްސަލައެއް. މިކަން ކުރި ބަޔަކު ޒިންމާވާން ވާނެ“ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ފަލާހް ވަނީ އެމްޑީޕީގެ ވެރިކަމުގައި ހިނގި އެކި މައްސަލަތައް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ކޮވިޑް-19ގެ ދުވަސްވަރު ވެންޓިލޭޓަރަށް ހޭދަކުރި 32 މިލިއަން ރުފިޔާގެ މައްސަލައާއި، އާރުޑީސީގެ ތިޖޫރީ ތިން ފަހަރު މަތިން ފަޅާލި މައްސަލަ ހިމެނެ އެވެ.
މި ކިޔަނީ 4 މިލިއަން ރުފިޔާގެ ވާހަކަ ނަމަވެސް ސުވާލަކީ ތިބޭފުޅުން އެމްޑީޕީ ވެރިކަމުގަ ކޮވިޑުގެ އެއޮއްބޮޑު ބަލިމަޑުކަމުގަ ވެންޓިލޭޓަރު ތަކެށް ގަންނަން ބައްތިރީސް މިލިއަން ކާލި އިރު ގެއްލުނީއޭ ކިޔާފަ ބަލަންތިބީ އޭރު އޯކޭ ދެއްތޯއޭ. އާރުޑީސީ ތިޖޫރި ތިޖޫރިމަތީ ކެމެރާ ހުއްޓަ 3 ފަހަރަށް ފަޅާލި އިރު ހަމަ އޯކޭތޯ.
މި މައްސަލައިގައި ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކޮށް، ދުބާއީގެ ކުންފުންޏަކަށް ޕޭމަންޓުގެ 30 ޕަސެންޓު ދައްކާފައިވެ އެވެ. އާންމު އުސޫލެއްގެ ގޮތުން ރާއްޖެއިން ގޭހުގެ އޯޑަރު ދެނީ ކޮންމެ ޝިޕްމެންޓަކަށް 1،000 ޓަނެވެ.