އިންޑިއާގެ އެހީގައި އަޅާ ރާއްޖޭގެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް މަޝްރޫ އިންޑިއާގެ އެގްޒިމް ބޭންކުން ބަލާލައިފި އެވެ.
މިފްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އިންޑިއަން އެގްޒިމް ބޭންކާއި، އިންޑިއަން ހައި ކޮމިޝަނާއި، މިނިސްޓްރީ އޮފް ފިޝަރީޒްގެ ޖޮއިންޓް ޑެލިގޭޝަނެއް ފެލިވަރު އަޕްގްރޭޑިންގ ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
އެމީހުން ވަނީ މިފްކޯގެ އިސް މެނޭޖްމަންޓާއި ކޮންޓްރެކްޓަރާއި ގުޅިގެން އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސް ކުރާ ކޮމްޕޮނެންޓް އޭ އަށް ލިބިފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުނެފައިވެ އެވެ.
މި މަޝްރޫއު އަކީ 23 މިލިއަން ޑޮލަރުގެ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު އެވެ.
މިމަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަރ ސިސްޓަމެއްވެސް ޤާއިމުކުރެވޭނެއެވެ. އަދި ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރެވޭނެ އެވެ.
މިމަޝްރޫޢުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއްވެސް ފެލިވަރުގައި ޤާއިމުކުރެވިގެންދާނެ އެވެ. މިފްކޯއިން ގަންނަމަހުގެ ބޮޑުބައެއް ވެލިޔު އެޑްކޮށްގެން އެކްސްޕޯޓްކުރުމުގެ ފުރުސަތު މިމަޝްރޫޢުގެ ސަބަބުން ހުޅުވިގެންދާނެ އެވެ. އަދި މަސްވެރިން ކިރާ މަހަށް ލިބޭ އަގު މަތިވެ، މަސްވެރިންނަށާއި މިފްކޯއަށް ލިބޭ ޢާމްދާނީ އެތައް ގުނައެއް އިތުރުވުމަށް މަގުފަހިވެގެންދާނެކަމަށް އޭރުގެ ސަރުކާރުން ހާމަކުރައްވަ އެވެ.
ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ފެލިވަރު



