ޑްރަގް ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރަން ރާއްޖެ އާއި އިންޑިއާ ސިފައިން މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ މެރިޓައިމް ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ދިވެހިރާއްޖެއާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭ ގޮތުން ދެ ގައުމުގެ އިސް އަސްކަރީ ވެރިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވައިސް އެޑްމިރަލް ސޮބްޓީ ރާއްޖެ ވަޑައިގެންފައިވަނީ ދެ ގައުމުގެ ސިފައިން ގުޅިގެން އާންމުކޮށް ބާއްވަމުން އަންނަ ”އެކަތަ“ އަސްކަރީ ތަމްރީންތަކުގެ މި އަހަރުގެ އެޑިޝަން ނިންމުމުގެ ރަސްމިއްޔާތަށް ބައިވެރިވެވަޑައިގަތުމަށެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ ދިވެހި ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއާ ބައްދަލުކުރައްވާފަ އެވެ.

މިއީ ވައިސް އެޑްމިރަލް ސޮބްޓީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭނާ މާދަމާގެ ނިޔަލަށް ރާއްޖޭގައި ހުންނަވާނެ ކަމަށް ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

މޭޖާ ޖެނެރަލް ހިލްމީއާއި ވައިސް އެޑްމިރަލް ސޮބްޓީގެ ބައްދަލުކުރެއްވުމުގައި ސަރަހައްދީ މެރިޓައިމް ސެކިއުރިޓީއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވަރަށް ތަފްސީލީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. ޚާއްސަކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ދެ ގައުމުގެ ކަނޑުގެ ސިފައިން އެއްބާރުލުން ދިނުމާއި، ގުޅިގެން ކުރިއަށް ގެންދާ ތަމްރީނު ހަރަކާތްތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ދެ ބޭފުޅުން ވެސް ވަނީ ސަރަހައްދުގެ ސަލާމަތީ ކަންކަމަށް އިސްކަންދޭނެކަން ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން، ދިފާއީ ދާއިރާއާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށްދާ ގޮތް ދެ ބޭފުޅުން ބައްލަވައިލެއްވި އެވެ. އަދި މެރިޓައިމް މައުލޫމާތު ދެ ގައުމުގެ މެދުގައި ހިއްސާކޮށް، މި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ބައްދަލުވުމުގެ ސަބަބުން ދެކަނޑުގެ ސިފައިންގެ ގުޅުން އިތުރަށް ބަދަހިވެ، ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެޅޭނެ ފިޔަވަޅުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ރާއްޖެ - އިންޑިއާ އެމްއެންޑީއެފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ