ޕާޓީ އުވާލާ ވާހަކަ ފެންމަތިވެފައިވަނިކޮށް ޕީޕީއެމް ސެނެޓުގެ ކުއްލި ބައްދަލުވުމެއް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލާ ވާހަކަތަކެއް ފެންމަތިވެފައިވަނިކޮށް އެ ޕާޓީގެ ސެނެޓުގެ ކުއްލި ބައްދަލުވުމެއް ފަށައިފި އެވެ.

ޕީޕީއެމް އުވާލާ ވާހަކަތަކެއް ފެންމަތިވެފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީކަމަށްވާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ބޮޑު ހަރަކާތެއް ފަށައިގެން އުޅޭ ދުވަސްވަރެއްގަ އެވެ.

ދެ ޕާޓީން އެކުގައި މަސައްކަތް ކުރި ނަމަވެސް ޕީއެންސީން މިހާރު ކުރިއަށް ގެންދާ މެންބަރުން ހޯދުމުގެ ހަރަކާތަށް ޕީޕީއެމްގެ މެންބަރުން ބޭނުންވާތީ ޕީޕީއެމް އުވާލުމަށް އެ ޕާޓީ ނިންމާފައިވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކުން ދޭހަވެ އެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ތެދެއްކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

އޭގެއިތުރުން ޕީއެންސީއަށް ވެރިކަން ލިބުމަށްފަހު ބޭއްވި އެއްވެސް އިންތިހާބެއްގައި ޕީޕީއެމްގެ ޓިކެޓުގައި ކެންޑިޑޭޓުންވެސް ނެރިފައެއް ނުވެ އެވެ.

ޕީޕީއެމްގެ ތާރީހް:

  • ޕީޕީއެމްއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ވަކިވުމަށްފަހު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް 2011 ވަނަ އަހަރު އުފެއްދެވި ޕާޓީ
  • މި ޕާޓީއަށް ޑީއާރްޕީގައި ތިއްބެވި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ ގުޅިފަ
  • ޕީޕީއެމްގެ ޓިކެޓުގައި ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ވަނީ 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފަ
  • 2016 ވަނަ އަހަރު ރައީސް ޔާމީނާ ރައީސް މައުމޫނާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދުނު
  • ދެބަސްވުންތަކުގައި ރައީސް މައުމޫން ޕާޓީ ދޫކުރެއްވި
  • ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރައީސް މައުމޫން ހޭދަ ކުރެއްވީ ޖަލުގައި
  • 2018 ގެ އިންތިހާބު ޕީޕީއެމްގެ ޓިކެޓުގައި ނިކުންނެވި ރައީސް ޔާމީނަށް ކާމިޔާބެއް ނުކުރެވުނު
  • އެއަށްފަހު 2019 ގައި ޕީއެންސީ އުފައްދާ ޕީޕީއެމްއާއި ޕީއެންސީ އެކުގައި މަސައްކަތް ކުރަން ފެށި
  • 2023 ގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓުގައި ނިކުންނެވި ކުރީގެ ރައީސް ޔާމީނަށް ވާދައެއް ނުކުރެވުނު

މި ހުރިހާ ކަމެއް ހިނގި އިރުވެސް ޕީޕީއެމްއަކީ ވަރުގަދަ ޕާޓީއެކެވެ. ޕީޕީއެމްގެ ނަން ފަނޑުވާން ފެށީ 2023 ގެ އިންތިހާބު ޕީއެންސީގެ ޓިކެޓުގައި ނިކުންނެވި ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވި ފަހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮންގްރެސް ޕާޓީ ޕީޕީއެމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ