މާފުއްޓަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 135،000 އިން މައްޗަށް

Advertisement

އެންމެ ފަސް

Advertisement

ކ. މާފުއްޓަށް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 135،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.

މިއީ މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.5 މިލިއަން ފަތުރުވެރިންގެ ތެރެއިން 10 އިންސައްތައާ ގާތްކުރާ އަދަދެކެވެ.

މާފުށީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މިއަހަރު ނިމޭއިރު އެރަށަށް 200،000 ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެ އެވެ. އަދި އަންނަ އަހަރު މި އަދަދު 300،000 އަށް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ކައުންސިލުން ވިދާޅުވި އެވެ.

ކައުންސިލުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގައި މާފުއްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަދަދު އިތުރަށް އިތުރުވެގެންދާނެ ކަމަށް އެ ކައުންސިލުން ދެކެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން އެންމެ ކުރިއަރާފައިވާ ރަށަކީ މާފުށި ކަމަށް ގިނަ ބަޔަކު ދެކޭކަން ފާހަގަކުރެވެ އެވެ.

ކ. މާފުށި ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ