ބަލްކް މެޑިސިން ހޯދުން އަވަސްކުރުމަށް ޔޫއެންގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލްއާއި މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޝާމް އާދަމް އާއި ޔޫއެންގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލް ކަންނީ ވިގްނާރާޖާ އާއި މިއަދު ބައްދަލު ކުރަށްވައިފި އެެވެ.

ފިނޭންސް މިނިސްޓްރީއިން މިކަން ހާމަކޮށްފައި ވަނީ، އެ މިނިސްޓްރީ އިިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ، މާލީ އިސްލާހުތަކާ އެއްގޮތަށް ބަލްކް މެޑިސިން ހޯދުން އަވަސްކުރުމާއި، މޯލްޑިވްސް ސަސްޓެއިނަބަލް ފައިނޭންސް ހަބް ހަރުދަނާކުރުމާއި، ދަރަނި ބަދަލުކުރުމުގެ ފުރުސަތުތައް ހޯދުމާއި، ޔޫއެންޑީޕީގެ ”ޕާޓްނަޝިޕް ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ ފޯ މޯލްޑިވްސް“ ދެމެހެއްޓުމަށް ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ.

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ، ފިނޭންސް މިނިސްޓްރީގަ އެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޝާމް ގެ އިތުރުން އެ މިނިސްޓްރީގެ އިސް ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ޔޫއެން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ