ޓެެލެކޮމިއުނިކޭޝަންސް ކުންފުނި، އުރީދޫއާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންގެ ދުވަސް ފާހަގަކޮށްފި އެވެ.
އިއްޔެ ފާހަގަކުރި ދުނިޔޭގެ އިސްރަށްވެހިންގެ ދުވަހާއި ގުޅުވާ އުރީދޫގެ ގްރޯ ވިތް އުރީދޫ ޕްރޮގްރާމް އިސްރަށްވެހިންގެ ނާދީގައި ފަށާފައި ވެއެވެ. މިކަމަށްޓަކައި ނާދީގައި ބޭއްވި ހާއްސަ ހަފްލާގައި އުރީދޫ އިން ވަނީ ގާޑެނިން ކިޓުތައް ވެސް ބައިވެރިންނާއި ހަވާލުކޮށްފަ އެވެ. ހަމައެއާއެކު ގްރޯ ވިތް އުރީދޫގެ ބްރޭންޑް އެމްބެސެޑާރ ”ޒުވާން ދަނޑުވެރިޔާ“ އަބުދުﷲ ރަމްޒީގެ ފަރާތުން ބައިވެރިންނަށް ވަނީ ދަނޑުވެރިކަމާ ބެހޭ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
މީގެ އިތުރަށްވެސް، އުރީދޫއިން ވަނީ އިސްރަށްވެހިންގެ ނާދީއަށް ދަނޑުވެރިކަން ކުރާ ކިޓް އާއި އެކިއެކި ފަތްޕިލާވެލީގެ އޮށްތައް ހަދިޔާކޮށްފަ އެވެ. މި ޕްރޮގްރާމާއި އެކު އެކީގައި ޑިޖިޓަލް ލިޓަރެސީއާއި، އިޖުތިމާއީ އެކި ހަރަކާތްތައް ހިމެނޭހެން ރޭވިގެން އިންތިޒާމުކުރެވިގެން އުރީދޫއާއެކު ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައި ވެއެވެ.
ދުވަހުގެ ހާއްސަކަން ފާހަގަކުރުމަށް އުރީދޫ އިން ވަނީ އިސްރަށްވެހިންގެ ޕޯސްޓްޕެއިޑް ޕްލޭންއެއް ތައާރަފްކޮށްފަ އެެވެ. މި ޕްލޭންގެ ދަށުން 2ޖީބީ ހިލޭ ޑޭޓާ އަދި ވައިބަރ ބޭނުންކޮށްލެވޭނެ އެވެ. ކްލަބް ޕްރީމިއަރގެ ހާއްސަ އޮފަރތައް އެކްޓިވޭޓްކޮށްލުމަށް ”60 ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަންބަރ ޖައްސަވާފައި 929 އަށް އެސްއެމްއެސް ކޮަށްލުމަށް އުރީދޫ އިން އިރުޝާދު ދީފައި ވެއެވެ.