އިގްތިސޯދީ ތަރައްގީއާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް ޔޫއޭއީއާއެކު މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިގްތިސޯދީ ތަރައްގީއާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް އެކުވެރި އަރަބި އިމާރާތް، ޔޫއޭއީ އާއެކު ރާއްޖެއިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝައިހު އަބްދުﷲ ބިން ޒާއިދު އަލް ނަހްޔާނާއި ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބަށް މައުލޫމާތު ދެއްވާ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ އިގްތިސޯދީ ތަރައްގީއާއި، އިންވެސްޓްމެންޓް އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފާހަގަ ކުރައްވާފަ އެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވެން އޮތް ކޮންމެ ދާއިރާއަކުންވެސް އެހީތެރިވުމަށް ޔޫއޭއީ ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ހަރުދަނާކޮށް ދެގައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމާއެކު އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އދ ރާއްޖެ - ޔޫއޭއީ އދ އެކުވެރި އަރަބި އިމާރާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ