ސްކޭމް މައްސަލަތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ އަށް މަސް ތެރޭ ހޯދުނު: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

ސްކޭމް މައްސަލަތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަހަރުގެ ފުރަތަމަ އަށް މަސް ދުވަސް ތެރޭ ސްކޭމް މައްސަލަތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދިފައިވާކަމަށެވެ.

ޝިފާން ވިދާޅުވީ ގިނަ ބަޔަކު ސްކޭމަރުންގެ ޝިކާރައަކަށްވެ އެ މީހުންގެ ސްކީމްތަކުގައި ޖެހިގެން ދިއުމަކީ ހިތާމަ ހުރި ކަމެއްކަމަށެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގައި މީގެ ކުރިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް ތިރީގައިވާ ފިޔަވަޅުތައް ސްކޭމް މައްސަލަތަކާ ގުޅިގެން އަޅާފައިވާ ކަމަށެވެ.

– 500 ބޭންކް އެކައުންޓް ބްލޮކްކޮށްފައިވޭ

– 782 ޑިވައިސް ނެޓްވޯކް ބްލޮކްކޮށްފައިވޭ

– 297 ސިމް ކާޑު ޓާމިނޭޓް ކޮށްފައިވޭ

– 70 ވެބް ލިންކް ބްލޮކްކޮށްފައިވޭ

ރަޝީދާ ވިދާޅުވީ 156 ސްކޭމް މައްސަލައެއްގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގައި ކަމަށް ވެސް ރަޝީދާ ވިދާޅުވި އެވެ.

މަކަރާއި ހީލަތް ހެދުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ