ޕާކިސްތާނާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރިއާއި އިގްތިސޯދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ޝަހުބާޒް ޝަރީފް ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަހުވަންތަ ގުޅުން ފާހަގަ ކުރައްވާ، މި ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ރައީސް މުއިއްޒާއި ޕާކިސްތާނުގެ ބޮޑު ވަޒީރު މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ވިޔަފާރީއާއި އިގްތިސޯދީ ދާއިރާއާއި، ތައުލީމާއި، ފަތުރުވެރިކަމާއި، ދެގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް އިތުރުކުރުން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެ އެވެ.

ޕާކިސްތާނު ބޮޑު ވަޒީރު ޝަހުބާޒް ވަނީ ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުންތައް ފާހަގަ ކުރައްވާފަ އެވެ. އަދި ޕާކިސްތާނުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ރާއްޖޭގެ ތަޖުރިބާގެ ބޭނުން ހިފުމަށް ޝައުގުވެރިކަން ޝަހުބާޒް ވަނީ ފާޅުކުރައްވާފަ އެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރެވުނީ ޖުލައި 26، 1966 ވަނަ އަހަރު އެވެ. އޭގެ ފަހުން ޕާކިސްތާނުން އަންނަނީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އދ ރާއްޖެ - ޕާކިސްތާން އދ ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ